ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސީލައިފްގެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސީލައިފްގެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްފި

ސީލައިފް ގްލޯބަލް އިން އަޅާނެކަމަށް ބުނި ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްފިއެވެ.

ސީލައިފްގެ ފަރާތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ 200 އަށްވުރެ ގިނަ ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުން އިއްވި ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންނާއެކު ސެޓުލްމެޓް އެގްރީމެންޓެއްގައި ސޮއި ކޮށްފައިވާތީ އެ މައްސަލައަކީ ހައްލުކޮށް ނިމިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައަކީ ކޯޓުން ބޭރުގައި ހައްލު ކުރެވިފައިވާ މައްސަލައެއް ކަމަށާއި އެއެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

އެގްރީމެންޓެއް ހަދާފައިވަނީ އެޗްޑީސީއާ ސަރުކާރާއި ސީލައިފް މައްސަލާގައި ދައުވާ ކުރާ މީހުންނާއެކު މަޝްވަރާ ކުރުމަށްފަހު އެވެ.

ރައިސް ޔާމީން ގެވެރިކަމުގައި 2014 ވަނައަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ސީލައިފަށް ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައެވެ.

ސީލައިފުން ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ނުފެށި ލަސްވަމުންގޮސް އެންމެފަހުން މަސައްކަތް ހުއްޓާލައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ވަނީ ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައެވެ.

އައްމަޓީ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އައްމަޓީގެ އެއްވެސް ހަބަރެއްނުވެއެވެ.

 

މިއަދު އޮންލައިން