ދިވެހިންނާއިމެދު ފިޔަވަޅު އަޅާއިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާމެދު ފިޔަވަޅު ނާޅާތީ ގިނަ ބައަކު ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ދިވެހިންނާއިމެދު ފިޔަވަޅު އަޅާއިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާމެދު ފިޔަވަޅު ނާޅާތީ ގިނަ ބައަކު ކަންބޮޑުވޭ!

ބާޒާރުމަތީގައި ދިވެހި އުފެއްދުން ފަދަ ތަކެތި ވިއްކަން ތިބޭ ދިވެހިންނާއިމެދު ފިޔަވަޅު އަޅާއިރު ޤަވާއިދާއި ޚިލާފަށް މާރުކޭޓުތަކުގައި ވިޔަފާރިކުރާ ބިދޭސީންނާއިމެދު ފިޔަވަޅު ނުއަޅާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. 

ދިވެހިންގެ ކަންކަން ފުލުހުންވެސް ވަރަށް ގާތުން ބަލަހައްޓައެވެ. ނަމަވެސް އެންމެ ކުޑަމިނުން މަސްމާރުކޭޓާއި އެހެން މާރުކޭޓުތަކުގައި ތަކެތި ވިއްކަން ތިބޭ ބިދޭސީންގެ ކަންކަމަށް އަޅައިލާނެ، އެކަންކަން ފެންނަ ބައަކު ތިބިކަމެއް އެތަންތަނަކުން ނުއެނގެއެވެ. ނަމަވެސް ވޯޓު ހޯދަން ބޭނުންވީމާ އަބަދުވެސް ދައްކަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ވާހަކައެވެ. 

"މިބޭބެ ބޮނޑި ވިއްކަން އެތަނުގަ އިނީމަ، ހުއްޓުވި ގޮތަށް، ދަތުރުވެރިންގެ މާރުކޭތް، ލޯކަލް މާރުކޭޓް، ވަލޯމަސް މާރުކޭޓް އަދި މަސް މާރުކޭޓުގައި އެއްޗެތި ވިއްކަން ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނުހުއްޓުވާތީ ދެރަވޭ."

 

މިއަދު އޮންލައިން