އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ޑރ. ނިޔާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ޑރ. ނިޔާޒް

އިޢާދަކުރަނިވި ހަކަތައާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް ހަމަޖައްސަވައިފިއެވެ. 

ޑރ. ނިޔާޒް ވަނީ އަބޫދާބީގައި ހުންނަ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީގެ މައި އޮފީހުގައި، އެޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލަ ކަމޭރާއަށް ދާއިމީ މަންދޫބުކަމުގެ ފަތްކޮޅު އަރުވާފައެވެ. 

2009 ވަނަ އަހަރު އައިރީނާ އުފެދުނުފަހުން އެޖަމްއިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް، އެޖަމްއިއްޔާއަށް ރާއްޖެއިން ދާއިމީ މަންދޫބެއް ކަނޑައަޅާފައެއް ނުވެއެވެ. އައިރީނާގެ މެމްބަރުންގެ ގޮތުގައި 160 ޤައުމާއި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ. 

ފުރަތަމަ ފަހަރަށް ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއް ކަނޑައެޅުމާއި ގުޅިގެން ޑރ ނިޔާޒަށް މަރުޙަބާ ވިދާޅުވެ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ނިޔާޒް އެޖަމްއިއްޔާއަށް ކަނޑައަޅާ މަންދޫބެއްގެ ގޮތުގައި ހަމަޖެހުމުން ދިވެހިރާއްޖެ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ޤައުމަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގައި އައިރީނާއާއިއެކު ގުޅިގެން އިތުރު މަސައްކަތްކުރެވޭނެކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު އެއް ތަނބަކީވެސް "ކްލައިމެޓް ޑިޕްލޮމެސީ"އެވެ. 

ޑރ. ނިޔާޒް އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް މިއަދު ހަމަޖެހިގެން ދިއައިރު، އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ އޮމާން އަށާއި ބަޙްރައިންއަށް ރާއްޖެއިން ކަނޑައަޅާ ނަން-ރެޒިޑެންޓް އެމްބެސެޑަރކަމަށްވެސް ރުހުން ދީފައެވެ

މިއަދު އޮންލައިން