ކ-ވ: ކ. މާލެ، ވ. ރާހި، މުޙައްމަދު ބާޤިރު އަދި ފ. ނިލަންދޫ، އަސަރީގެ، އަޙްމަދު ޝަފާޒު
ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދެ ދައުވާއަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ ދެ އަމުރަކާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ސިވިލް ކޯޓުން ވަކިވަކިން ކޮށްފައިވާ މި ދެ އަމުރާ ގުޅިގެން ހޯދަނީ ކ. މާލެ، ވ. ރާހި، މުޙައްމަދު ބާޤިރު (48އ) އާއި ފ. ނިލަންދޫ، އަސަރީގެ، އަޙްމަދު ޝަފާޒު (35އ) އެވެ.
މުޙައްމަދު ބާޤިރު ހޯދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 18 ވަނަ ދުވަހު 10:30 އަށް ސިވިލް ކޯޓަށް ހާޒިރު ޙާޟިރުކޮށްދިނުމަށްއެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އަޙްމަދު ޝަފާޒު ހޯދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 18 ވަނަ ދުވަހު 09:30 އަށް ސިވިލް ކޯޓަށް ހާޒިރު ޙާޟިރުކޮށްދިނުމަށްއެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ވީމާ މި ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.