މަޖިލިހުގެ ކޮމިޓީތަކުގައި އިތުރުފުޅު ހައްދަވާ ނަމަ ތަހުގީގުކޮށް ދައުވާ ކުރަން އެދޭނަން: ރައީސް ނަޝިދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
މަޖިލިހުގެ ކޮމިޓީތަކުގައި އިތުރުފުޅު ހައްދަވާ ނަމަ ތަހުގީގުކޮށް ދައުވާ ކުރަން އެދޭނަން: ރައީސް ނަޝިދު

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވާ ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިން ދޮގު މައުލޫމާތު ދޭ ކަން ފާހަގަކުރެވިއްޖެ ނަމަ، ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީ އަރިހުގައި ދަންނަވާނެކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެންވިދާޅުވީ މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ސާފު ބަހުން ވާހަކަ ނުދައްކަވާކަމަށާއި އިތުރުފުޅު ހައްދަވާ ކަމަށް ޝައްކުކުރެވޭ ކަމަށް ބައެއް ކޮމިޓީތަކުގެ މުގައްރިރުން އެމަނިކުފާނު އަރިހުގައި ޝަކުވާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ވެރިއެއް ނުވަތަ މުއައްސަސާއެއްގެ ވެރިއަކު ވިޔަސް، މަޖިލިހަށް ވަޑައިގެން ދޮގު ހައްދަވާ ނަމަ، އެއީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެ ކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުނު ފަހުން، ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިން މަޖިލީހުގެ ކޮމިޓީތަކުގެ ހާޒިރުކޮށް ސުވާލުކުރުމާއި އަދި ވަޒީރުން މަޖިލިހުގެ ތަޅުމަށް ހާޒިރުކޮށް ސުވާލުކޮށް، ޖަވާބުދާރީ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން