ސީލައިފްގެ ބަދަލުދިނުން މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސީލައިފްގެ ބަދަލުދިނުން މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން އަންގައިފި

ސީލައިފްގެ ގުލޯބަލްއިން ފުލެޓްގަތް މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން އެޗްޑީސީއަށް އަންގައިފިއެވެ.

ބަދަލު ދިނުން މަޑުޖައްސާލަން އެޗްޑީސީއަށް އެންގީ ސީލައިފްގެ ފުލެޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައެއް ނުވެއެވެ.

ސީލައިފްއާއި އެކު އެޗްޑީސީން އެއްބަސްވުމަކަށް އައީ މައްސަލައަކީ އެޗްޑީސީ އަދި ސަރުކާރުގެވެސް އެއްވެސް އިހުމާލެއް ނެތް ކަމެއް ކަމަށާއި ނަމަވެސް އެ މައްސަލާގައި ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާތީ، އެ ގެއްލުން ކުޑަ ކުރުމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީ އިން ދޭނެއެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް އެއްބަސްވެފައިވާ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

ސީލައިފް ކުންފުނީގެ ވެރިޔާ މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ) ހޯދަން ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފައެވެ.

 

މިއަދު އޮންލައިން