މަހިބަދޫން މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 29ސ
މަހިބަދޫން މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި

 އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މަހިބަދޫން ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖުލައި 17 ވަނަ ދުވަހުގެރޭ 2215 ހާއިރު ކުރިއަށްގެންދިޔަ މިއޮޕަރޭޝަނުގައި އެ ދެމީހުން މަހިބަދޫ ބަނދަރު ސަރަހައްދުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އެ މީހުންގެ އަތުން މަސްތުވާތަކެތި އެއްޗެއް އަޅާފައިހުރި 16 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިއަދު އޮންލައިން