ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 16 ވަނަ ދުވަހުގެރޭ 21:20 ހާއިރު ފުލުުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު މިމީހާގެ އަމަލުތައް ހުރި ގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެންނެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.