ބަންގްލަދޭޝް ހައިކޮމިޝަންގެ ކާރުގެ ބިއްލޫރިގަނޑެއް ތެޅުނު ސަބަބެއް އަދި ނޭނގެ!: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބަންގްލަދޭޝް ހައިކޮމިޝަންގެ ކާރުގެ ބިއްލޫރިގަނޑެއް ތެޅުނު ސަބަބެއް އަދި ނޭނގެ!: ފުލުހުން

ޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގެ ކާރެއް މަގުމަތީގައި ޕާކުކޮށްފައި އޮއްވައި ކާރުގެ ބިއްލޫރިގަނޑެއް ތެޅިފައިވާ މައްސަލައިގައި އެ ބިއްލޫރިގަނޑު ތެޅުނު ސަބަބު އަދި އެނގިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިއަދު މެންދުރާއި ހަމައަށްވެސް އެކަން ހޯދިފައި ނުވާ ކަމަށެވެ.

މިޚަބަރާ ގުޅިގެން ޚާރިޖިއްޔާގެ ބޭފުޅަކު ވިދާޅުވީ ބައެއް ނޫސްތަކުގައި މިޚަބަރު ލިޔެފައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ގޮތަކަށް ކަމަށެވެ. "ކޮންމެ ގޮތެއް ވީނަމަވެސް އެއީ ހައިކޮމިޝަނެއްގެ ކާރެއް. ޚަބަރުތަކުގަ މިލިއަނީ ކާރަށް ގެއްލުންދީފި ކަމަށް ސުރުޚީގަ. ޚަބަރުގަ މިލިޔަނީ ގެއްލުން ލިބުނު ސަބަބު އަދި ނުއެނގޭ ކަމަށެ. ގެއްލުނު ލިބުނު ގޮތެއް ނުއެނގި ކިހިނެއްތޯ ގެއްލުންދިނީ ކަމަށް ކަނޑައަޅަނީ. ޑިޕޮލޮމެޓިކް މިޝަންތަކާ ގުޅޭ ކަންކަމުގަ ޚަބަރު ލިޔާއިރު ވަރަށް ބޮޑަށް ސަމާލުވުމަށް ނަޞޭޙަތްތެރިވަން."

ފުލުހުންގެ ބަހުން އެނގެނީ ބިއްލޫރިގަނޑު ތެޅުނީ މީހަކު ދިން ގެއްލުމަކުންކަން އަދި އެނގިފައި ނުވާކަމަށެވެ. އަދި ބިއްލޫރިގަނޑު ތަޅާލަން އެއްވެސް މީހަކު އެއްވެސް ކަމެއް ކުރިކަން އަދި މިހައިތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މަތިން ކޮންމެވެސް އެއްޗެއް ވެއްޓި ޖެހުނު ވާހަކައެއްވެސް ފެތުރުނެވެ. ނަމަވެސް އެއީ ގަސްދުގައި ބިއްލޫރިގަނޑު ތަޅާލަން ނުވަތަ ކާރަށް ގެއްލުން ދޭން މީހަކު ކުރިކަމެއްކަން ނުއެނގޭއިރު މަތިން އެއްޗެއް ވެއްޓި ޖެހުނު ނަމަވެސް އެއީ ބިއްލޫރިގަނޑު ތަޅާލަން ކުރި ކަމެއް ކަމަށް ބުނެވޭނެ ގޮތެއް ނުއޮންނާނެކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން