ތިނަދޫ ޕޯސްޓް އޮފީސް ފަޅާލި މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 30ސ
ތިނަދޫ ޕޯސްޓް އޮފީސް ފަޅާލި މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި!

ގދ. ތިނަަދޫ ޕޯސްޓް އޮފީސް ފަޅާލާ ގިނަ އަދަދެއްގެ ޕާރްސަލްތަކެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމައްސަލައާއި ގުޅިގެން ޕޯސްޓް އޮފީހުން ވަގަށް ނެގި އެއްޗެހި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކަކާއެކު މިއަދު ހެނދުނު 10:20 ގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ތިނަދޫ ޕޯސްޓް އޮފީސް ފަޅާލި މީހުންވަނީ އެއޮފީހުގެ ތިޖޫރީވެސް ފަޅާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން