ހުޅުމީދޫގެ ގެއަކުން ގިނަ އަދަދެއްގެ ރަނާއި ފައިސާ ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 44ސ
ހުޅުމީދޫގެ ގެއަކުން ގިނަ އަދަދެއްގެ ރަނާއި ފައިސާ ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި!

އައްޑޫ ސިޓީ ހުޅުމީދޫގެ ގެއަކުން ގިނަ އަދަދެއްގެ ރަނާއި ފައިސާ ވަގަށް ނެގި މީހަކު ފުލުހުން އިއްޔެ ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމީދޫގެ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މިމަހުގެ 17 ވީ ބުދަ ދުވަހުގެ މެންދުރު 11:55 ހާއިރު ހިންގި އޮޕަރޭޝަނެއްގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގެއިން ވަގަށް ނަގާފައިވާ 13000 ރުފިޔާ ފިޔަވާ އެހެނިހެން ތަކެތި ފުލުހުންވަނީ ހޯދާފައެވެ.

އެގޮތުުން އެގެއިން ވަގަށް ނަގާފައިވަނީ 1 ރަން ފަށާއި، ފައިގަ އަޅާ ރަން 2 ކެވެލިކޮޅާއި، އަތުގަ އަޅާ އެއް ކެވެލި ކޮޅާއި، 1 ރަން ފަށުފުލާއި 2 ރަން އަނގޮއްޓިއެވެ.

މިމައްސަލައިގަ ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިއަދު އޮންލައިން