ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަނީ

ކިޔުމަށް ހޭދަވާނީ 51ސ
ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތް ޓީވީން ލައިވް ކުރަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މިދައުވާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

މިޝާރީއަތް ޓީވީން ލައިވު ކުރުމަށް ހަމަޖެހިފައިވާކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މިވަގުތު ކުރިޔަށްދަނީ އެކަމަށް ވާން ޖެހޭ ތައްޔާރީތައްވުން ކަމަށްވެސް ފައިސަލް ވިދާޅުވެފައިވެއެވެ.

މިއީ މިފަދައިން ޝަރީއަތެއް ބޭއްވޭ ފުރަތަމަ ފަހަރެވެ. ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަން އެދިފައިވަނީ އެމަނިކުފާނު ކަމެއް ނުވަތަ ދައުލަތުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:30 ގައެވެ. ޝަރީއަތް ލައިވް ކުރާނީ ޓީވީއެމް އިންނެވެ.

މިއަދު އޮންލައިން