ރާއްޖެ އެތެރެވުމަށްފަހު ޕާސްޕޯޓް ވީދާލައިގެން ތިބި ބަންގަލަދޭޝް މީހުންގެ ޑްރާމާ ނިންމިދާނެއެވެ. ޑްރާމާ ނިންމަން ބޭނުންވަނީ ދިވެހި ސަރުކާރުގެ ހަރުދަނާ ސިޔާސަތެކެވެ. އިޚްލާޞްތެރިކަމާއިއެކު މައްސަލަ ހައްލުކުރުމުގެ ނިޔަތެވެ.
ރާއްޖެ އެތެރެކވުމަށްފަހު ޤަވާއިދފާއި ޚިލާފަށް މަސައްކަތްކުރުމުގެ ނިވަތުގައި ޕާސްޕޯޓް ވީދާލަި ނައްތާލައިގެން ތިބި ބަންގްލަދޭޝް ރައްޔިތުންގެ އަދަދު އެތައް ހާހަކަށް އަރައެވެ. ބައެއް މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި އެ އަދަދު ބައިލއްކައަށްވުރެ ގިނައެވެ. ނަމަވެސް އެއިގެ ތެރެއިން އަތުލައި ގަނެވޭ މީހުން އަނބުރާ ފޮނުވާލަން ބޭނުން ވެގެން ރާއްޖޭގައި ހުރި ބަންގްލަދޭޝް ހައިކޮމިޝަނުގައި އެމީހުންގެ ޓްރެވަލް ޑޮކިޔުމަންޓް ހަދައިދިނުމަށް އެދިއްޖެ ނަމަ ހަދައިދެނީ ހަފްތާއަކު 5 ޑޮކިޔުމަންޓްކަން މިއަދުނޫހަށް ވަނީ އެނގިފައެވެ.
ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ދިވެހި ސަރުކާރުގައި އިޚްލާޞްތެރިކަން ހުރިނަމަ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެގޮތަށް ތިބި ޖުމުލަ އަދަދު ދެނެގަތުމެވެ. އަދި އެ އެންމެންގެ ޓްރެވަލް ޑޮކިޔުމަންޓް ހަދައިދިނުމަށް އެދުމެވެ. ޓްރެވަލް ޑޮކިޔުމަންޓްތައް ހަދައިދީ ނިންމަންދެން ބަންގްލަދޭޝް އިން ލޭބަރުން އެތެރެ ނުކުރުމެވެ. ޓޫރިސްޓް ވިސާގައި އަންނަ ބަންގްލަދޭޝް މީހުން މުއްދަތަށް ފުރާކަން ކަށަވަރުކުރުމެވެ. މިކަންކަމަކީ ސަރުކާރަށް ނުކުރެވޭވަރުގެ ކަންކަމެއް ނޫނެވެ.
"އަބަދުވެސް ދައްކާނީ ޖަލެއް ނެތް ވާހަކަ. އެހެންވެސް ފެސިލިޓީއެއް ނެތްވާހަކަ. ޖަލުގެ ވާހަކައަކީ ފަހުގެ މަރުހަލާއެއްގެ ވާހަކަ. ފުރަތަމަ ދެނެގަންނަންވީ ޤަވާއިދާއި ޚިލާފަށް ތިބި މީހުން. ނަމަވެސް މިފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކޮށް މިނިވަންކަމާއިއެކު ރާއްޖޭގައި އުޅެން ދޫކޮށްލާފައި އޮތުމުން ހުރިހާ ކަންކަން ބޮއްސުންލައިގެން މިދިއައީ. އިހަށް ދުވަހުވެސް ބޮޑުވަޒީފާއެއް އެދިނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅުން ބޮސުންލެއްވުމުގައި އެންމެ އިސްކޮށް ހުރި މީހާއަށް. އެއީ ޤައުމުގެ ޚާއިނެއް. އެއީ ޤަވާއިދާ ޚިލާފަށް އެތައް ހާސް ބައަކު އެތެރެކުރުމަށްފަހު ލޭބަރ މިނިސްޓްރީގެ ސިސްޓަމް 2006، 2007 ހިސާބުގައި ގޮއްވާލުމުގަ އެންމެ އިސްކޮށް ހުރި މީހާ." ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.