ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރާ މައްސަލައަކާ ގުޅިގެން، ރ. ވާދޫ، އައްސޭރި، ޠާސީން ސަޢީދު (21އ) ހޯދަން ފަށައިފިއެވެ.
ޠާސީން ސަޢީދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ފަރާތެއްވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދެއެވެ.