ވައްކަން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތަށް އެންމެ ބޮޑަށް ބޭނުންވަނީ ކޯޓުތަކުން އަވަސް ޙުކުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ވައްކަން ހުއްޓުވަން ފުލުހުން ކުރާ މަސައްކަތަށް އެންމެ ބޮޑަށް ބޭނުންވަނީ ކޯޓުތަކުން އަވަސް ޙުކުމެއް!

ފުލުހުން ގެންދަނީ ގިނަ އަދަދެއްގެ ވަގުން އަތުލައިގަންނަމުންނެވެ. ވަގަށް ނެގި ތަކެއްޗާއިއެކުގައެވެ. ވަގަށް ނެގި ސައިކަލް ދުއްވަނިކޮށެވެ. ބަނަދުގެ މުއަދަތު ޖަހަން ގެންދިއުމުން ބުނަނީ އިތުރަށް ބަންދުގައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހިސާބުން ވަގުކަލޭގެ އަނެއްކާވެސް ވައްކަން ކުރަން މުޖުތަމައުތެރެއަށް ވީއްލެނީއެވެ. ފުލުހުންނަށް ޖެހެނީ އަނެއްކާވެސް ހަމަ އެ ވަގުކަލޭގެ ފަހަތުން ދުވާށެވެ.

ހާލަތު ބަދަލުކުރަން އެއްވެސް ކަމެއް ކުރެވޭތަނެއް އަދި ނުފެނެއެވެ. މި ބޮޑު މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ކޮމިޓީއަކުންވެސް ކަން ބޮޑުވެ ޕީޖީ އާއި ޖޫޑިޝަރީ ހާޒިރުކޮށް ސުވާލުކުރާ ތަނެއް އަދި ނުފެނެއެވެ.

ފުލުހުންގެ ރެކޯޑްތަކުން ދައްކާގޮތުން ގިނައީ ތަކުރާރުކުރާ ކުށްވެރިންނެވެ. ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައިވެސް މެއެވެ. މުޅި މުޖުތަމައު ހަލާކުވެ ބޮޑު ނުރަކަލެއްގެ ތެރޭގައި އަދި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮންނަން ޖެހިފައި މިވަނީ ކުށްކުރުމުން އަދަބެއް ނުލިބި ވީއްލިފައި ގިނަ ބައަކު އެތައް އަހަރެއް ވަންދެން ތިބޭތީއެވެ.

ވަގަކު ވައްކަން ކުރަނިކޮށް، ނުވަތަ ވައްކަންކުރި ތަކެތި ހިފައިގެން، ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް ފުލުހުން އަތުލައިގަތުމުން އެ މީހަކު ކޯޓަށް ހާޒިރުކުރާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ޙުކުމް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރެވޭކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ!

މިއަދު އޮންލައިން