13:47: ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓަށް ދެ ފަހަރެެއްގެ މަތިން ފައިސާ ޖަމާވިކަން ޔާމީނަސް އެނގޭކަމަށާއި އެކަން ކުރި ހެކިންވެސް ދައުލަތުގެ ދައުވާއިން އެނގޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
13:50: ވަގުތު ބަޔާންނުކޮށް މައްސަލަ ހުށަހަޅާފައި އޮތުމުން އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ހުށަހެޅި ހުށަހެޅުން ބަލައި ނުގަތުމަށް ގާޒީ ނިންމަވައިފިއެވެ. މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ވަގުތު ބަޔާންކޮސްފައި ނެތުމަކީ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫން ކަމަށެވެ.
13:55: ދެވަނަ ދިފާއެއްގައި ޔާމީންގެ ފަރާތުން ހުށަހެޅީ، ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ބަޔާންކޮށްފައިނުވާ ކަމަށާއި ޔާމީނަށް ތުހުމަތުކުރާ ކުށުގައި ހަމައެކަނި ޔާމީންގެ މައްޗަށް ދައުވާ ކުރާ ކަން.
13:59: ޔާމީންގެ ވަކީލުގެ ވާހަކައާއި ގުޅިގެން ގަޒީ ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ކުރުމުގެ ތުހުމަތު ދައުވާގައި އޮތީ ޔާމީންގެ މައްޗަށް ނޫން ކަމަށާއި ބަޔަކު ކޮރަޕްޝަންގެ އަމަލުން ހޯދި ފައިސާއެއް ބޭނުން ކުރުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް ދައުވާ ލިބޭ ފަރާތާއު ކުށުގެ އަމަލާއި ގުޅުމެއް ހުރިކަން އެނގޭނީ ކޮރަޕްޝަންގެ ކޮން އަމަލެއްކަން އެނގިގެން ކަމަށެވެ.
14:02: ޔާމީންގެ ފަރާތުން ހުށަހެޅި ދެވަނަ ހުށަހެޅުން ވެސް ބަލައިނުގަތުމަށް ގާޒީ ނިންމައިފިއެވެ.
14:03: ގަޒީ ނިންމެވީ، ކޮރަޕްޝަންގެ އަމަލުތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން އެނުކުތާ ވެސް ބަލައިގަނެވެން ނެތް ކަމަށް.
14:06: ޔާމީންގެ ފަރާތުން ދިފާއުގައި ބުނަނީ، ކުށް ކުރި ކަމަށް ބުނާ ތާރީޚެއް ނޭނގޭއިރު، ދައުވާ ބިނާކުރާ ޤާނޫނަށް އަމަލުކުރަން ފެށި ތާރީޚުގެ ކުރިންތޯ ފަހުންތީ އެނގެން ޖެހޭނެ ކަމަށެވެ.