ރައީސް ޔާމީންގެ ޝަރީއަތް: ޝަރީއާތުގައި ޔާމީން ވާހަކަފުޅު ދައްކަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރައީސް ޔާމީންގެ ޝަރީއަތް: ޝަރީއާތުގައި ޔާމީން ވާހަކަފުޅު ދައްކަވަނީ!

14:21: އެސްއޯއެފް އާއި އަޅުގަނޑާއި އެއްވެއް ގުޅުމެއް ނޯންނާނެ- ޔާމީން 

14:22: އޭސީސީއިން މިމައްސަލަ ބަލަމުން ގެންދިޔަ. އެމްއެމްއޭ އިން ބަލަމުން ގެންދިޔަ. އެފައިސާ ހަވާލުކުރަން އެއްވެސް ތަހުގީގީ އިދާރާއަކުން އަޅުގަނޑަށް އަންގަވާފައެއް ނޯންނާނެ. އަނގަބަހުން ވެސް އަންގާފައެއް ނޯންނާނެ. އެފައިސާ އެސީސީ އާއި ހަވާލު ކުރާކަށް- ޔާމީން 

14:23: އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއާއި ބެހޭގޮތުން ވިދާޅުވީ އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވަން ޖެހޭ ފައިސާކަމަށް ޤަބޫލުކުރައްވާ ކަމަށާއި ދޭންޖެހޭ ފައިސާ ޖަމާކުރާނެ ކަމަށް އަދީބު ވިދާޅުވި ކަމަށް. ގޮތް ނޭނގޭ ފައިސާ ޖަމާވުމުން އެކަން އެމްއެމްއޭގެ އެފްއައިޔޫ އަށް ވެސް އެނގުނު ކަމަށާއި އެކަމަކު އެފައިސާ ކްރެޑިޓްވުން އެއްވެސް އިދާރާއަކުން ހުއްޓުވާފަ ނުވާ ކަމަށެވެ. 

14:24: ކުރީގެ ރައީސް ޔާމީން ވިދާޅުވީ ފައިސާ ހަވާލުކުރަން އެމަނިކުފާނަށް އެއްވެސް އިދާރާއަކުން ނާންގާ ކަމަށާއި މިއަދާއި ހަމައަސް ވެސް އެއީ ކޮން ފައިސާއެއްކަމެއް އެއްވެސް ތަހުގީގީ އިދާރައަކުން ނުނިންމާ ކަމަށެވެ. 

14:27: ޝައްކު އުފެދެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކުރި ސަބަބާއި ބެހޭގޮތުން ޔާމީން ވިދާޅުވީ އެއީ ޤާނޫނާއި ޚިލާފު ފައިސާ ކަމަށް ކަނޑައަޅައިފި ހިނދެއްގައި އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޤާނޫނާއި ޚިލާފު ފައިސާކަމަށް ވެދާނެތީ ކަމަށެވެ. އެސްކްރޯ އެއްބަސްވުމުގައި އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަން ބަލާނެ ކަމަށް އޮތް ކަމަށާއި އަދިވެސް އެކަން ބަލައި ނުނިމޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެއްބަސްވުމުގައި އޮތީ "މިފައިސާ" ގެ ވާހަކަ ކަމަށާއި އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެސްއޯއެފުން ދިން ފައިސާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން