14:36: މަނީ ލޯންޑަރިންގެ މައްސަލަތަކުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ރިޕޯޓެއް އޮންނަން ޖެހޭނެ ކަމަށާއި އެރިޕޯޓު ނެތް ކަމަށް ޔާމީންގެ ވަކީލުން ބުނުމުން ދައުލަތުން ވަނީ، ފުލުހުން އެމައްސަލަ ތަހުގީގު ކުރަން ފެށީވެސް ފައިނޭންޝަލް އިންޓެލިޖެންސްގެ ރިޕޯޓަކާއި ގުޅިގެން ކަމަށާއި އެލިޔުން ދައުވާ ލިބޭ ފަރާތަށް ނުދެނީ އެއީ ސިއްރު ލިޔުމެއް ކަމަށްވާތީ ކަމަށް ކުރިން ވެސް ޝަރީއަތުގައި ބުނެފައިވާނެ ކަމަށެވެ.
14:46: ދައުލަތުން ބުނީ ތަހުގީގު ފެށީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައިގައި އެފްއައިޔޫ އިން ކުރި ރިޕޯޓާއި ގުޅިގެން ކަމަށާއި އެތަހުގީގުން އިތުރު މައްސަލަތައް ފެނުނުކަމަށް
14:50: މަނީ ލޯންޑަރިން ދައުވާ ކުރީ، އެފްއައިޔޫގެ ރިޕޯޓެއް ނެތި ކަމަށް ބުންޏަސް ދައުވާ ކުރެވޭނީ ސީދާ އޭގެ ރިޕޯޓެއް އޮވެގެން އެކަނި ކަމަށް ޤާނޫނާއި ނޯންނާތީ، ޔާމީންގެ ވަކީލުންގެ ހުށާހެޅުން ގާޒީ ގަބޫލެއް ނުކުރެއްވި.
14:52: ޔާމީނާއި ދެކޮޅަށް އަދީބާއި ޒިޔަތު ހުށަނޭޅޭނެ ކަމަށް ބުންޏަސް، ދައުލަތުން ބުނީ އެގޮތަށް ޤަބޫލު ނުކުރެވޭކަމަށެވެ.
14:56: އަދީބާއި ޒިޔަތުގެ ހިތުގަ އަޅުގަނޑާއިމެދު ނަފްރަތު އޮންނާނެ ކަމަށް ޤަބޫލު ކުރެވޭ- ކުރީގެ ރައީސް ޔާމީން