14:57: ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދަޅުވީ، އެމްއެމްޕީއާރްސީ ގެ މައްސަލަ ތަހުގީގު ކުރަން އެންގީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލައިގަ ވެސް އެމަނިކުފާނަށްޓަކައި އަދީބުގެ ހިތުގައި ނަފްރަތު އޮންނާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
14:59: އަދީބާއި ޒިޔަތު ހެކިންގެ ގޮތުގަ ބަލައިގަންނަން ގާޒީ ނިންމަވައިފި. އެމީހުންގެ ފަރާތުން އެހެންކަމެއް ފާހަގަ ވެއްޖެނަމަ ގޮތެއް ނިންމަވާނެކަމަށް
15:00: ދައުލަތުގެ ފަރާތުން އިތުރު ދެހެކިންގެ ގޮތުގަ އެސްއޯއެފް މުޙައްމަދު އައްލާމް ލަތީފާއި އަހްމަދު އިސްފާހު ހުށަހަޅައިފި.
15:02 އިސްފާހަކީ ފައިސާ ޖަމާކުރަން ދިޔަ މީހާ ކަމަށާއި، އެފައިސާއަކީ ކޮން ފައިސާއެއްކަން ނޭނގޭ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެފައިސާ ޖަމާނުވެގެން ލަސްވެގެން ޔާމީން އުޅުއްވި ކަމަށް އެހެކީންގެ ފަރާތުން އެނގޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އާ ދެ ހެކިން ހުށަހަޅަން ޔާމީންގެ ފަރާތުން އިންކާރު ކުރެއެވެ.
15:05: ދައުވާ ކުރިއިރު ހުށަނާޅާ ހެއްކެއް ދެން ހުށަނޭޅޭނެ ކަމަށް ޔާމީންގެ ފަރާތުން ބުނި. ނަމަވެސް ދައުލަތުން ބުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ގޮތުން، ފަހުން ލިބޭ ހެކި ޝަރީއަތުގެ އަޑުއެހުން ނިމޭ ފަހުން ވެސް ހުށަހެޅިދާނެ ކަމަށެވެ.
15:11: މިއީ އެކަށީގެންވާ ވަރަށް ތަހުގީގު ކުރެވިފައިވާ މައްސަލައެއް ކަމަށް ބުނަމުން އައިސްފާތީއާއި ހެކި ހުށަހެޅީ ތަހުގީގުގެ ފަހުން ކަމަށް ވާތީ، އަލަށް ހުށަހެޅި ދެ ހެކިން ބަލައި ނުގަތުމަށް ޝަރީއަތުން ނިންމައިފިއެވެ.