ރައީސް ޔާމީންގެ ޝަރީއަތް: ދިފާއީ ހެކިން ހުށަހަޅަން ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޝަރީއަތް ނިންމާލައިފި

ކިޔުމަށް ހޭދަވާނީ 52ސ
ރައީސް ޔާމީންގެ ޝަރީއަތް: ދިފާއީ ހެކިން ހުށަހަޅަން ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޝަރީއަތް ނިންމާލައިފި

15:18: އެސްކްރޯ އެކައުންޓަސް އަސްލު އޮޅުވާލައިގެން ފައިސާ ޖަމާކުރި މައްސަލަ ސާބިތުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރ ޒަމީނާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މުއައްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ އިތުރުން ބައެއް މީހުން ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅައިފިއެވެ. 

15:21: މީގެ އިތުުރުން ޔާމީންގެ މާލީ ބަޔާން ވެސް ހެއްކެއްގެ ގޮތުގައި ހުށަހެޅިއެވެ. އެއީ ޖަމާކުރި އެއް މިލިއަން ޑޮލަރު ހުރިކަން އޭގައި ވެސް ބަޔާންކޮށްފައި ނެތުމުން، ފައިސާގެ އަސްލު އޮޅުވަލަން މަސައްކަތްކުރި ކަމަށް ސާބިތުކުރުމަށެވެ. މީގެ އިތުުރުން ވެސް ޔާމީންގެ ތަހުގީގު ބަޔާންތަކާއި ޗެކްތައް ފަދަ ބައެއް އެއްޗެހިވެސް ހުށަހެޅިއެވެ. 

15:23: ދިފާއީ ހެކިން ހުށަހަޅަން ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ އޯގަސްޓް މަހުގެ 4 ގައި ކަން އިއުލާން ކުރައްވާ، ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލައްވައިފިއެވެ.

މިއަދު އޮންލައިން