ހަރަމައިން ގްރޫޕުން އިތުރަށް ފައިސާ ނަގާފައިވާނަމަ، އެކަން ފުލުހުންނަށް އަންގާދެއްވާ!

ކިޔުމަށް ހޭދަވާނީ 53ސ
ހަރަމައިން ގްރޫޕުން އިތުރަށް ފައިސާ ނަގާފައިވާނަމަ، އެކަން ފުލުހުންނަށް އަންގާދެއްވާ!

އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ޢަދަދަށްވުރެ އިތުރަށް ޙައްޖަށް ގެންދިޔުމަށް ޙަރަމައިން ގުރޫޕުން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެކަން ފުލުހުންނަށް އެންގުމަށް އެމުއައްސަސާއިން އިލްތިމާސްކޮށްފިއެވެ.

 

ފުލުހުން ވިދާޅުވީ ޙަރަމައިން ގުރޫޕުން ޙައްޖަށް ގެންދިޔުމަށް މީހުންގެ އަތުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ޢަދަދަށްވުރެ އިތުރަށް ފައިސާ ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަޙުގީގުކުރަމުން އަންނަކަމަށެވެ. ފުލުހުންވަނީ މިމައްސަލައިގައި ޙަރަމައިން ޖަމާޢަތުގެ އިސްފަރާތްތައް ފުލުހަށް ޙާޒިރުކޮށް ބަޔާންވެސް ނަގާފައެވެ.

 

ޙައްޖަށް މީހުން ގެންދިޔުމަށް ޙަރަމައިން ގުރޫޕުން ކަނޑައަޅާފައިވާ އަގަކީ 69،965 ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސްރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ހަރަމައިން ޤުރޫޕުން މީހުންގެ އަތުން ފައިސާ ނަގާފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެކަން ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ.

މިއަދު އޮންލައިން