މިނިވަންދުވަހާއި ގުޅުވައިގެން ފުޅަނދުބުރު ބާއްވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މިނިވަންދުވަހާއި ގުޅުވައިގެން ފުޅަނދުބުރު ބާއްވަނީ!

މިއަހަރުގެ މިނިވަންދުވަހާއި ފުޅަނދުބުރު ބާއްވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. ފުޅަނދުބުރު އޮންނާނީ މިމަހުގެ 27 ވާ ހޮނިހިރު (އަންނަ ހޮނިހިރު) ދުވަހުގެރޭ މާލޭގެ ބޮޑަތި މަގުތަކުގައެވެ. އެއަށްފަހު 28 ވަނަ ދުވަހުގެ ހަވީރު އާއި ރޭގަނޑު ފުޅަނދުތައް ދައްކައިލުންވެސް އޮންނާނެއެވެ. ފުޅަނދުބުރު މިނެރެނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 

ފުޅަނދުތައް ދަތުރުކުރާ މަގުތަކުގެ ތެރޭގައި މަޖީދީމަގު، ސޯސަންމަގު، އަމީރުއަހުމަދު މަގު، ބޮޑުތަކުރުފާނުމަގު ހިމެނެއެވެ. 

ފުޅަނދުތަކުގައި ކުރިއަށްގެންދާ ކުޅިވަރުތަކާއެކު ޢާއްމުކޮށް ދައްކާލުން އޮންނާނީ އިންޑަސްޓްރިއަލް ޒޯން ޞަރަހައްދުގައެވެ. ފުޅަނދުތައް ތައްޔާރުކުރަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ.

މިނިވަންދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރު އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެރޭ ރަސްމީ ސްޓޭޑިއަމްގައެވެ. އެކުޅިވަރުތަކުގައި ވިލިމާލެއާއި، ހުޅުމާލެ ހިމެނޭގޮތަށް މާލޭގެ 6 ސްކޫލަކުންނާއި އެމްއެންޑީއެފް ބައިވެރިވާނެއެވެ. ސްކޫލްތަކުންވެސް މިހާރު އަންނަނީ މިނިވަންދުވަހުގެ ކުޅިވަރުތަކަށް ތައްޔާރުވަމުންނެވެ. 

މިނިވަންދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތަކަކަކީ ފަލާހު ޕްރީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މުހްޔިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ރެހެންދި ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލެވެ.

މިނިވަންދުވަހާ ގުޅިގެން ބާއްވާ ޕެރޭޑާއި ރޫޓްމާޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގެ ބޮޑަތި މަގުތަކުގައެވެ. މިރޫޓް މާޗްގައި އެމްއެންޑީއެފްގެ ޕެރޭޑާއި، ސްކޫލްތަކުން އެއްކޮށްލެވިފައިވާ ހެވިކަމާ ލަޝްކަރު ބައިވެރިވާނެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އޮންނާނީ އަންނަ ބުރާސްފަތިި (ޖުލައި 25 ) ދުވަހުގެރޭ ދަރުބާރުގޭގައެވެ.

 

މިއަދު އޮންލައިން