މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މާލޭސިޓީގައި ބާއްވަނީ

ކިޔުމަށް ހޭދަވާނީ 1މ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މާލޭސިޓީގައި ބާއްވަނީ

ދިވެހިރާއްޖޭގެ 54 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މާލޭސިޓީގައި ބާއްވަނީއެވެ.

 ޝަރަފުގެ ހިނގާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި ސިފައިންގެ މައި މަރުކަޒު އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާރަނި ހިނގުމުން ދެކުނަށް އައިސް އަމީނީ މަގުން އިރަށްގޮސް، ޢިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓަށް ނިންމާ ގޮތަށެވެ.

މި ޝަރަފުގެ ހިނގާލުމުގައި ފަސް ސަރަޙައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވަނީ މުލިއާގެ ކައިރި އާއި ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅިކަންމައްޗާއި މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅިކަންމަތީގެ މަޖީދީ މަގު މާފަންނު ސަހަރާ ކުރިމަތީގައެވެ.

މި ޝަރަފުގެ ހިނގާލުމުގައި ހުއްޓުމަށް ހަމަޖެހިފައިވާ ފަސް ސަރަޙައްދުގައި ސިފައިންގެ ބޭންޑުގައި އެކި ރާގުތައް ކުޅުމަށްވަނީ ހަމަޖެހިފަވެއެވެ.

މިއަދު އޮންލައިން