ސަރުކާރުން ޤާނޫނާ ޚިލާފަށް ރާއްޖޭގަ ގެންގުޅޭ ބިދޭސީން މާރުކޭޓް ސަރަހައްދު ހިފައި ޓްރެފިކަށް ދަތިކޮށް ކުދި ޕިކަޕްތަކުގެ މަސައްކަތަށް ހުރަސް އަޅަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސަރުކާރުން ޤާނޫނާ ޚިލާފަށް ރާއްޖޭގަ ގެންގުޅޭ ބިދޭސީން މާރުކޭޓް ސަރަހައްދު ހިފައި ޓްރެފިކަށް ދަތިކޮށް ކުދި ޕިކަޕްތަކުގެ މަސައްކަތަށް ހުރަސް އަޅަނީ!

ދައުލަތުގެ ޤާނޫނުތަކާއި ޚިލާފަށް ސަރުކާރުން ރާއްޖޭގައި ގެންގުޅެމުންދާ ބިދޭސީން ލޯކަލް މާރުކޭޓް ސަރަހައްދު ހިފައި ޓްރެފިކަށް ދަތިކޮށް ކުދި ޕިކަޕްތަކުގެ މަސައްކަތަށް ހުރަސް އެޅުން އިތުރުވެފައިވާ ކަމުގެ ޝަކުވާގެ އަޑު ގަދަވާން ފަށައިފިއެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބަންގާޅީން މިހާރު ކުރަމުން ގެންދާ އެއް މަސައްކަތަކީ މާރުކޭޓް ސަރަހައްދުން މީހުންގަންނަ ތަކެތި ޓްރޯލީތަކުގައި އޮޑިފަހަރާއި ބީއެމްއެލް ސަރަހައްދުންނާއި އެހެންވެސް ސަރަހައްދުތަކުގައި ހުންނަ ލޯންޗްތަކަށް އުފުލައިދިނުމުގެ މަސައްކަތެވެ. މިކަމުގެ ސަބަބުން ކުދި ޕިކަޕްތަކަށް ލިބެންޖެހޭ ދަތުރުތައް ނުލިބުމުގެ ޝަކުވާ ކުރަނީ ދިވެހި ޑްރައިވަރުންނެވެ. ހަމަ ބަލަން ތިއްބައި ރާއްޖޭގައި ސަރުކާރުން ޤަވާއިދާއި ޚިލާފަށް ގެންގުޅޭ ބަންގާޅީން އައިސް އެމީހުންނަށް ލިބެމުން އަންނަ އާމްދަނީ ވެސް "ޖަހައިގަންނަން" ސަރުކާރުން ފުރުޞަތު ދިނުމުންނެވެ.

މިޓްރޯލީތަކުގެ ސަބަބުން ކުރިމަތިވާ އިތުރު މައްސަލައަކީ ބާޒާރުމަތީގެ ހަނި މަގުތަކުން ވަންވޭ އާއި އިދިކޮޅަށް ދުއްވުމެވެ. އެކަމުގެ ސަބަބުން ޓަރެފިކަށް އިންތިހާއަށް ދަނީ ދަތިވަމުންނެވެ.

"ލޯކަލް މާރުކޭޓުގެ ވިޔަފާރި ކޮންޓްރޯލުކޮށް އެމީހުންގެ އަތްދަށް ގެންދިއުމަށްފަހު މިހާރު ކޮންޓްރޯލް ކުރަން މިފެށީ ކުދި ޕިކަޕުގެ ޚިދުމަތް" ކަމަށް އެއްބައަކު ބުނާއިރު އަނެއް ބައަކު ބުނަނީ މަސްމާރުކޭޓުގައި މަސް ވިއްކަން ވެސް ބަންގާޅީން ތިބޭކަމަށެވެ.

ސުވާލަކީ ދިވެހިންގެ އަތުން މާދަން ބީވެގެންދާނީ ކޮން މަސައްކަތެއް ބާވައެވެ؟

މިއަދު އޮންލައިން