ނައިބު ރައީސް ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ނައިބު ރައީސް  ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފި

 ނައިބު ރައީސް  ފައިޞަލް ނަސީމް، މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ އަދި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުގެ ފަރާތުން ރަ ނައިބު ރައީސްއާއި ޙިއްޞާ ކުރެއްވިއެވެ.

އެގޮތުން ނަރުދަމާއާއި ބޯފެނުގެ ނިޒާމު ޤާއިމުވެފައި ނެތުމުން ހުރި ދަތިތަކާއި ޞިއްޙީދާއިރާގައި ހުރި ދަތި މައްސަލަތަކާއި ސްކޫލުގައި ރަނގަޅުކުރަންހުރި ކަންކަމުގެ މަޢުލޫމާތު ކައުންސިލުގެ ފަރާތުން  ނައިބު ރައީސްއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކަމަދޫގައި އުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށުގައި ތިބި އެހީތެރިކަމަށް ބޭނުންވާ އެހެނިހެން ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލުގެ ފަރާތުން  ނައިބު ރައީސް އާއި ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި  ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން