ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާއަށް ވަނުމަށް އިއުލާންކޮށްފިއެވެ.

ފުލުހުންގެ މުވައްސަސާއިން އިއްޔެ އާންމުކުރި އިއުލާންގައި ވަނީ ޕޮލިސް ކޮންސްޓެބަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާކަމަށާއި ފުލުހުންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަދި އަންހެނެއްގެ އިސްކޮޅުގައި 5 ފޫޓަށްވުރެ ކުރުނުވުން ޝަތުރުތަކުގެ ތެރޭގައި ހިމެނޭއިރު ކުރިމަތިލާ މީހުންގެ އުމުރު 18- 25 އަހަރާ ދެމެދަށްވެސް ވާން ޖެހެއެވެ. އަދި ޖީސީއޯ އޯލެވެލް އިމްތިހާންގެ ދެ މާއްދާއިން މަދުވެގެން "ސީ" ފާސް ލިބުން ފާއިތުވި ފަސް އަހަރުތެރޭ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިނުވުން ހިމެނެއެވެ.

މިމަގާމުގައި މުސާރައާއި އެލަވަންސްތަކާއެކު ޖުމްލަ 11،810 ރުފިޔާ ލިބެ އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހު 22 ވަނަ ދުވަހުގެ 16:00 ގެ ނިޔަލަށެވެ.

 

މިއަދު އޮންލައިން