ޖޭޕީގެ ނައިބް ރައީސަކަށް އަހްމަދު ސައުދު އިންތިޚާބުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޖޭޕީގެ ނައިބް ރައީސަކަށް އަހްމަދު ސައުދު އިންތިޚާބުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބް ރައީސަކަށް ޕާޓީގެ ކުރީގެ ރަޖިސްޓްރާރ އަޙްމަދު ސައުދު އިންތިޚާބުކޮށްފިއެވެ. 

މިރޭ ބޭއްވި އެ ޕާޓީގެ 131 ވަނަ ކައުންސިލް ބައްދަލުވުމުގައި  ވަނީ ޕާޓީގެ އިސްތިއުނާފު ކޮމެޓީގެ ޗެއާކަމަށް މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަދި އިސްލާމީ ވަހުދަތުގެ ކޮމެޓީގެ ޗެއާއަކަށް ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު ޝައިޚް މޫސާ ނިޒާރު ވެސް އިންތިޚާބުކޮށްފައެވެ. 

މީގެ އިތުރުން މިރޭގެ ބައްދަލުވުމުގައި ވަނީ މީގެ ފަހުން ބާއްވާ އިންތިޚާބުތަކުގައި ޖޭޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކުންކަމަށް ފާސްކޮށްފައެވެ. 

ޖޭޕީގެ ނައިބް ރައީސްގެ މަޤާމް ހުސްވީ އެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ މައްޞޫމް، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ހަމަޖެއްސެވުމުންނެވެ. 

މިއަދު އޮންލައިން