ޑެންގީ ހުން ޖެހިގެން އުމުރުން 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވީ ހދ. ކުޅުދުފުށި/ ކަސަބުގެ، ހަސަން ހައިސަމް ހުސެއިން އެވެ.
ހައިސަމް ނިޔާވީ ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި އައިޖީއެމްއެޗް ގައެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.
ނަމަވެސް ހާލު އިތުރަށް ގޯސްވުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނައީ ރޭގަ އެވެ. އެނގިފައިވާ ގޮތުގައި ހައިސަމް އަކީ މުޅި އުމުރަށް ލޭ އަޅަންޖެހޭ، ތެލެސީމިއާ ބަލީގެ ވެސް ކުއްޖެކެވެ.
އެކަމަކު، އޭނާ ނިޔާވީ ޑެންގީ ޖެހިގެން ކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައިވެ އެވެ. މިއީ ޑެންގީ ހުން ޖެހިގެން މި އަހަރުގެ ތެރޭގައި މަރުވި ފުރަތަމަ ކުއްޖާ އެވެ. ހައިސަމްގެ ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.