ސަމާލުވޭ! އޫރުގެ ބާވަތްތައް ބޭނުންކޮށްގެން ފައިވާން އުފައްދަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސަމާލުވޭ! އޫރުގެ ބާވަތްތައް ބޭނުންކޮށްގެން ފައިވާން އުފައްދަން ފަށައިފި!

އޫރުގެ ބާވަތްތައް ބޭނުންކޮށްގެން ފައިވާން އުފައްދަންފަށައިފިއެވެ.

ސިންގަޕޫރުގެ އަނހެނަކު 279 ސިންގަޕޫރު ޑޮލަރަށް ގަތް ފައިވާނެއް އުފައްދާފައިވަނީ އޫރުގެ ބާވަތްތައް ބޭނުންކޮށްގެންކަން އެނގުނީ ބޭނުން ކުރަމުން ގޮސް ފައިވާނުގައި އެފަދަ ބައިތަކެއް ހުރި ކަމަށް ޝައްކުކުރެވިގެން ބެލިބެލުމުންނެވެ.

ބެލިބެލުމުން އެނގުނީ ފައިވާން އުފެއްދުމަށް އޫރުގެ ހަން ބޭނުންކޮށްފައިވާ ކަމެވެ. މިފައިވާން ވިއްކާފައިވަނީ މަޝްހޫރު ފިހާރަ ޗޭން "ހެޕީ ވޯކަރ"ގެ ފިހާރައަކުންނެވެ. އެ ފިހާރައިން ބުނީ މިއީ އަލަށް ފާހަގަކުރެވުނު މައްސލައެއް ކަމަށާއި މައްސަލައަށް ސަމާލުކަން ދޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ދީނީ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ މުސްލިމުންނަށް އޫރުގެ އުފެއްދުންތަކާއި ދުރުހެލިވާން ޖެހޭނެ ކަމަށެވެ. އޫރުގެ ހަން އިސްލާމް ދީނުގައި ބަޔާންވެގެންވާ މަގުން ޠާހިރުކޮށްފައިވާ ކަމުގެ ޔަޤީންކަން ނެތް ނަމަ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެފަދަ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރުން ކަމަށެވެ.

"މިއަދާއި ހަމައަށްވެސް އަހަރެމެން އަރައި މިއުޅެނީ އޫރުހަމުން އުފައްދާ ފައިވާނަކަށް ނޫން. ވީމާ އަހރެމެން މަސައްކަތްކުރަންވީ އެފަދަ އުފެއްދުންތައް ބޭނުން ނުކުރަން." ކަމަށްވެސް ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ ޤައުމަކަށްވާއިރު މުސްލިމުންނަށް ހުއްދަ ނޫން މިފަދަ އުފެއްދުންތައް އެތެރެނުކުރެވޭކަން ކަށަވަރުކުރަން ޖެހެއެވެ.

މިއަދު އޮންލައިން