އެމްޕީއެލް އިން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 41ސ
އެމްޕީއެލް އިން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

ފޮޓޯ: މޯލްޑިވްސް ޓައިމްސް

 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ މީހަކު ވައްކަން ކުރަން އުޅެނިކޮށް ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމްޕީއެލްގެ ސްޓާފް އޭރިއާއިން ވައްކަން ކުރަން އުޅެނިކޮށް ރޭ 22:30 ހާއިރު ހައްޔަރު ކޮށްފައިވަނީ، އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިދިޔަ ހަފްތާގައި ވެސް އެމްޕީއެލް ގެ ހިއުމަން ރިސޯސަސް (އެޗްއާރް) ޑިޕާޓްމަންޓްގެ އެޑްމިން އޮފީހުގެ ސީސީޓީވީ ކެމެރާތަކެއް ހަލާކުކޮށްލުމަށްފަހު، މީހަކު ވަދެފައިވެއެވެ. ނަމަވެސް ލިޔުންތަކެއް ފިޔަވާ އިތުރު އެއްޗެއް ގެންގިސްފައި ނުވާ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން