ބޯންމެރޯ ޓްރާންސްްޕްލާންޓް ހެދުމަށްފަހު ފަރުވާދެމުންދަނިކޮށް ކުޑަކުއްޖަކު ނިޔާވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ބޯންމެރޯ ޓްރާންސްްޕްލާންޓް ހެދުމަށްފަހު ފަރުވާދެމުންދަނިކޮށް ކުޑަކުއްޖަކު ނިޔާވެއްޖެ

ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ބޯންމެރޯ ޓްރާންސްްޕްލާންޓް ހެދުމަށްފަހު ފަރުވާދެމުންދަނިކޮށް ދިވެހި ކުޑަކުއްޖަކު އިއްޔެ ހެނދުނު ނިޔާވެއްޖެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޕީޑިއެޓްރިކްސް އިން ބުނެފައިވަނީ 5 އަހަރުގެ އަބްދުﷲ އަޔާން ބިން މުހައްމަދު ވަހީދު ނިޔާވި ބޯންމެރޯ އަށް ފަހު ދިމާވި ކޮމްޕްލިކޭޝަންތަކަށް ފަހު ކަމަށެވެ.

އަބްދުﷲ އަޔާން ބިން މުހައްމަދު ވަހީދަކީ ޒަކާތު ފަންޑުގެ އެހީގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފަރުވާދެމުން އަންނަ ކުއްޖެކެވެ.

މިއަދު ހެނދުނުވެސް ތެލެސީމާއާ ކުއްޖަކު ވަނީ ޑެންގީ ޖެހިގެން ނިޔާވެފައެވެ. 

 

 

 

މިއަދު އޮންލައިން