ބޯން މެރޯ ހަދަން މަނިޕާލް ހޮސްޕިޓަލަށް ފޮނުވަނީ އެތަނުން ދޭ ފަރުވާ އެނގިތިބެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބޯން މެރޯ ހަދަން މަނިޕާލް ހޮސްޕިޓަލަށް ފޮނުވަނީ އެތަނުން ދޭ ފަރުވާ އެނގިތިބެތަ؟

"ލޭއަޅާބަލީގެ ކުދިން ބޯން މެރޯ ހަދަން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލަށް ފޮނުވަނީ އެތަނުން ދޭ ފަރުވާ އެނގިތިބެތަ؟ ބޯން މެރޯ އެތަނުން ކުރިން ހެދި ކުދިންގެ ޙާލު އެނގޭތަ؟ މިހާރު ފޮނުވާފައިތިބި ކުދިން އުޅޭ ޙާލު އެނގޭތަ؟ ބޯން މެރޯ ހެދުމަށްފަހު ދޭންޖެހޭ ފަރުވާ ދެވޭ މިންވަރު އެނގޭތަ؟ އެކަންކަން ސަރުކާރުން ބަލާތަ؟ ބަލަނީ ކިހިނެއްތަ؟ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ޢާއިލާތަކާ ބައްދަލުކުރަންތަ؟ ކުދިން ދެކެލަމުތަ؟" 

މިއީ ބެންގަލޫރުގައި ދިރިއުޅޭ ދިވެއްސަކު މިއަދު ކުރި ސުވާލުތަކެކެވެ. އޭނާ ބުނީ މި ސުވާލުތަކަށް ސަރުކާރުން ދޭ ޖަވާބު ވެސް އެނގެން ބޭނުންވާ ކަމަށެވެ. 

އޭނާ ބުނީ އޭނާގެ ލޮލަށް ފެންނަނީ ވަރަށް އަސަރު ހުރި މަންޒަރުތައް ކަމަށެވެ. އިވެނީ ވަރަށް އަސަރުގަދަ، ވޭނުން ފުރިފައިވާ އަޑުތައް ކަމަށެވެ. 

"އަޅުގަނޑު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ އަރިހުން އެދެން ބޭނުމީ މިހާރުން މިހާރަށް ނައިބް ރައީސް ފޮނުއްވައިގެން ނަމަވެސް މިކަންކަން ބައްލަވައިލަ ދެއްވުން. ބޯންމެރޯ ހަދަން ހޭދަކުރަނީ ﷲ ގެ ފައިސާ. މިބުނީ ޒަކާތު ފައިސާގެ ވާހަކަ. މިކަންކަން ނުބަލައި ހޭދަކުރާނަމަ ޖަވާބުދާރީވާން ޖެހޭނެ ދުވަސް އޮތީ ކުރިއަށް." 

އޭނާ ބުނީ މިއީ ވަރަށް ހާލުގައި ދިރިއުޅެން ޖެހިފައިވާ ކުދަކުދިންތަކަކާއި ބެހޭ ވަރަށް މުހިންމު މައްސަލައަކަށްވާތީ، އަދި ގިނަ ބައެއްގެ އިޙްޞާޞްތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ އިތުރު ތަފްޞީލު ދޭން ބޭނުން ނޫން ކަމަށެވެ. ސަރުކާރުން މިހާރުން މިހާރަށް ވެސް ހޮސްޕިޓަލަށް ގޮސް ކަންކަން ބެލުމުން ޙަޤީޤަތް އެނގޭނެ ކަމަށެވެ.

މިއަދު އޮންލައިން