އެކި ފަހަރުމަތިން 13 ފޯނާއި 5 ޓެބްލެޓް ވަގަށް ނަގައި ބަންގްލަދޭޝް މީހަކަށް ވިއްކައިލި މީހަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގަ. ކޮލަމާފުށީ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މިއަދުއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. ވަގަސް ނެގިތަކެތި ފެނިފައިވަނީ އެރަށުގައި އުޅޭ ބަންގްލަދޭޝް މީހަކަށް ވީކާލާފައި ހުއްޓައެވެ.