ހދ. މަކުނުދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މަކުނުދޫގައި މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެކެވެ. ޖުލައި 21 ވަނަ ދުވަހުގެ 16:00 އެހާކަންހާއިރު ހިންގި މިއޮޕަރޭޝަނުގައި މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.