މި ސަރުކާރުގެ މަރުގެ ޚުކުމުގެ ސިޔާސަތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް ސުވާލުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ނޯޓިސް ފޮނުވައިފިއެވެ.
ތޯރިގު ނޯޓިސް ފޮނުވިސަބަބެއްކަމަށް ބުނެފައިވަނީ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ވިދާޅުވެފައިވާތީ މި ސަރުކާރުން މަރުގެ ހުކުމާ މެދު ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރުމަށް ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބުނަމުންގެންދިޔައީ މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށެވެ. ނަމަވެސް ވެރިކަން ނިމިގެން ދިޔައިރުވެސް މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.