ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ (އެމްއައިޓީޑީސީ) ބަޖެޓުން 1.9 މިލިޔަން ރުފިޔާ ހަރަދުކުރިކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީ ރާއިދު ވިދާޅުވީ މިފައިސާ ހަރަދުކުރީ ކޮން ތަނެއްގައި ހުރި ޕީޕީއެމްގެ އޮފީހަކަށްކަން ނޭނގުނު ނަމަވެސް އެ އޮފީހަކީ ދެބުރި އޮފީހެއްކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
ރައީސް ޔާމީން ގެ ވެރިކަމުގެ ފަހުކޮޅުގައި ރިޔާސީ އިންތިޚާބާދިމާކޮށް ޕީޕީއެމްގެ ވަރަށް ގިނަ އޮފީސްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހުޅުވާފައެވެ.