ޓީޓީ އަންހެން ޑަބަލްސް އިން ރަން މެޑެލާއި ރިހި މެޑަލް ވެސް ރާއްޖެއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ޓީޓީ އަންހެން ޑަބަލްސް އިން ރަން މެޑެލާއި ރިހި މެޑަލް ވެސް ރާއްޖެއަށް!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް އަދި ރިހި މެޑަލް ވެސް ރާއްޖެއަށް ލިބޭނެކަން ޔަޤީންވެއްޖެއެވެ. 

ރަން މެޑަލްއާއި ރިހި މެޑަލް ރާއްޖެއަށް ލިބޭނެކަން ޔަޤީންވީ، އަންހެން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ދެ ޓީމް ވާދަކުރަން ޖެހުމުންނެވެ. ފައިނަލްގައި ވާދަކުރާނީ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާރއެވެ. 

މިއީ ބައިނަލްއަގްވާމީ ކުޅިވަރުގެ ފައިނަލެއްގައި ރާއްޖޭގެ ދެ ކުޅުންތެރިން ނުވަތަ ދެ ޕެއާއެއް ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މި ކަށަވަރުވި ދެ މެޑެއްޔާ އެކު ރާއްޖޭން މިހާރު ވަނީ މި ގޭމްސްގައި ނުވަ މެޑަލް ހޯދައިފައެވެ.

 

 

މިއަދު އޮންލައިން