އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުން ގެ ފައިނަލްގައި ވާދަކުރި ރާއްޖޭގެ ދެ ޕެއަރ ގެ ތެރެއިން ރަފާ ނާޒިމް އާއި ފާތުމަތު ދިމާ އަލީގެ ޕެއަރ ރަން މެޑަލް ހޯދައިފިއެވެ.
ރަފާ ނާޒިމް އާއި ފާތިމަތު ދިމާ އަލީގެ ޕެއަރ ރަން މެޑަލް ހޯދާފައިވަނީ ފައިނަލްގައި ރާއްޖޭގެ ދެވަނަ ޕެއަރ ކަމަށްވާ މުއީނާ މުޙައްމަދު އާއި ފާތިމަތު ޖުމާނާގެ ޕެއަރ ސީދާ 4 ސެޓުން ބަލިކޮށްގެންނެވެ.
މިމެޗުގެ ސެޓުތައް ރަފާ އާއި ދީމާ ގެންދިޔައީ 5-11، 8-11، 8-11 އަދި 9-11 އިންނެވެ.