ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ 13 ވަޒީފާއަކަށް 25 މީހުން ހޯދުމަށް އިއުލާންކޮށްފައިވާއިރު އޭގެ ތެރޭގައި ޑިރެކްޓަރުންނާއި އޮޕަރޭޝަން އޮފިސަރުންނާއި ގާޑުންނާއި ފަޔާ ފައިޓަރުންގެ އިތުރުން މަސައްކަތު މީހުން ވެސް ހިމެނެއެވެ.
މިވަޒީފާތަކަށް ކުރިމަތިލާ މީހުން ފޯމު ހުށަހެޅުމުގެ މުއްދަތަކީ އަންނަ މަހުގެ 5 ކެެވެ.