ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ އިގްތިސޯދުގައި ވަރުގަދަ ބޭންކެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ދެމިއޮތުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްއައިބީގެ އައިޕީއޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އެމްއައިބީ އަކީ ރާއްޖޭގެ އިގްތިސޯދުގައި ފާހަގަކޮށްލެވޭވަރުގެ ވަރުގަދަ ބޭންކެއްގެ ގޮތުގައި ދެމިއޮތުމަށް ކަމަށާއި ބެންކުން ހިއްސާ ވިއްކަން ފަށާ، އިތުރަށް ވިޔަފާރި ފުޅާކުރުމުގެ ފައިދާ ދިވެހިންނަށް ކުރުމަކީ ސަރުކާރުން ބޭނުންވާގޮތް ކަމަށެވެ.
"މިއަދު އަޅުގަނޑު އެމްއައިބީއިން ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔަން. ބޭންކުތަށް ހިންގުމުގައި ދެފުއްފެންނަ ނިޒާމުގެ މުހިންމުކަމެއް. އެގޮތުން އެމްއައިބީއިން އައިޕީއޯ ލޯންޗުކުރުމާކީ މި މިސްރާބަށް އެޅި ބޮޑު ފިޔަވަޅެއް" މިނިސްޓަރ އަމީރު ވިދާލުވިއެވެ.
މިނިސްޓަރ އަމީރު ވަނީ ބޭންކުތައް ހިންގުމުގައި ދެފުށްފެންނަ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމްއައިބީއިން ފުރަތަމަ ފަހަރަށް އާންމުކޮށް ހިއްސާވިއްކުން ފެށުމަކީ މި މިސްރާބަށް އެޅި ބޮޑު ފިޔަވަޅެއްކަމުގައި ސިފަކުރެއްވިއެވެ.