ޖޭއެސްސީ އިންތިހާބުގަ ވޯޓުލާ ވަކީލުންގެ ލިސްޓު އާންމުކޮށްފި

ކިޔުމަށް ހޭދަވާނީ 44ސ
ޖޭއެސްސީ އިންތިހާބުގަ ވޯޓުލާ ވަކީލުންގެ ލިސްޓު އާންމުކޮށްފި

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އައްޔަނުކުރާ މެމްބަރެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓްލެވޭ ވަކީލުންގެ ނަންތައް އިއުލާންކޮށްފިއެވެ.

 

އެގޮތުން، އެ ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން މެމްބަރެއް ހޮވުމަށް ބާއްވާ އެ އިންތިހާބުގައި، ވޯޓް ލުމުގެ ހައްގު 1487 ވަކީލަކަށް ލިބިގެންވެއެވެ.

 

އެ އިންތިހާބުގެ ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ތިން ފޮށްޓެވެ. އެއީ، އެއީ މާލޭގައި ދެ ފޮށްޓާއި އައްޑޫ ސިޓީގައި އެއް ފޮށްޓެވެ.

 

ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން މެމްބަރެއް ހޮވުމަށް، އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން، ހަ ވަކީލަކު ވަނީ ކުރިމަތިލާފައެވެ.

 

އެ އިންތިހާބު ކުރިއަށް ދާނީ މިއަންނަ ހޮނިހިރު ދުވަހެވެ.

މިއަދު އޮންލައިން