ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ސިވިލް ކޯޓުން ކޮށްފައިވާ މި އަމުރާ ގުޅިގެން ހޯދަނީ ކ. މާލެ / މއ. ބިންމާވިލާ، އިސްމާޢީލް ވަޙީދު (49އ) އެވެ.
އިސްމާޢީލް ވަޙީދު ހޯދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 30 ވަނަ ދުވަހު 09:00 އަށް ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ވީމާ އިސްމާޢީލް ވަޙީދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.