ދާރުލް އާސާރު ތިން ދުވަހަށް ބަންދުކުރުމަށް ނިންމާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި މި މަހުގެ 26 އިން 28 އަށް ގައުމީ ދާރުލްއާސާރާއި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެ ކަމަށެވެ.
ޖުލައި 26 އަދި 28 ގައި ހއ. އުތީމު ގަނޑުވަރުވެސް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް ޖުލައި 27 ވާ ހޮނިހިރު ދުވަހު ހެނދުނު 08:15 އިން މެންދުރު 13:30އަށް އުތީމު ގަނޑުވަރު ހުޅުވާނެ ކަމަށްވެސް ހެރިޓޭޖު މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ ޖުލައި 29 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލްއާސާރާއި ޤައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނެ ކަމަށެވެ.