ފ.ފީއަލިން ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ފީއަލީގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފުވެ، އަދި ރަށުގެ މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރުމުން އެކަން ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އިންޒާރު ދީފައިވާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރާއި 40 އަހަރާއި 43 އަހަރާއި 46 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެއްޖެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންކަމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.