މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ސަސްޕެންޑްކުރި އީއެސްޖީ ކޮމާންޑަރގެ ސަސްޕެންޝަން އުވާލާ، އޮފިސަރުންނަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޖޫން 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގައިދުޔަ ކަންތަކުގައި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީއަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެމައްސަލަ ހުށަހެޅުއްވުމާއި ގުޅިގެން އެކޮމިޓީން މައްސަލަ ބަލައި ދިރާސާ ކޮށްފައިވާ ކަމަށާއި އެމައްސަލަ ބަލާ ތައްޔާރުކުރި ރިޕޯޓުގައި ހާލަތާ އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ފާހަގަ ކޮށްފައިވާތީ، އެކަމުގެ ޒިންމާ އުފުލަންޖެހޭ އޮފިސަރުންނާއިމެދު ފިޔވަޅު އެޅުމަށްޓަކައި ޑިސިޕިލިނަރީ ބޯޑަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
މީގެއިތުރުން، ސަސްޕެންޑް ކޮށްފައިވާ އޮޕަރޭޝަން ކޮމާންޑަރގެ ސަސްޕެންޝަން ދަމަހައްޓާނެ ތަނެއް ނެތްކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ، އޭނާގެ ސަސްޕެންޝަން އުވާލެވިފައިވާ ކަމަށް ވެސް އެބަޔާނުގައިވެއެވެ.