މުހައްމަދު އުމަރު ފައުންޑޭޝަނުން ދަނޑުވެރިކަމުގެ ދާއިރާ އަށް ފީލްޑް އޮފިސަރުން ތަމްރީނުކުރަން ނިންމައިފިއެވެ.
ދަނޑުވެރިން ތަމްރީނުކުރަން މި މަހުގެ 29 އިން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހއ. ކެލާ، ހދ. ނެއްލައިދޫ، ރ. ވާދޫ، ގއ. މާމެންދޫ އަދި ފުވައްމުލަކުގެ އިތުރުން ފިޝަރީޒް މިނިސްޓްރީން މީހުން ބައިވެރިވެއެވެ.
ފީލްޑް އޮފިސަރުން ތަމްރީނުކުރަން ނިންމާފައިވަނީ އިންޑިއާގެ ޓަމިލްނާޑޫ އެގްރިކަލްޗާ ޔުނިވާސިޓީގައި ހިންގާ ޕްރޮގްރާމަކުންނެވެ. މިދަތުރުގެ ހުރިހާ ހަރަދެއް މުހައްމަދު އުމަރު ފައުންޑޭޝަނުން ބަލަހައްޓާއިރު މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހަ މީހަކު ފޮނުވަން ވަނީ ނިންމާފަ އެވެ.
މުހައްމަދު އުމަރު ފައުންޑޭޝަނުން ކުރާ މަސައްކަތް ފާހަގަކުރައްވައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ޝުކުރު އަދާކުރެއްވި އެވެ.
Minister @ZahaWaheed meets with the participants of the field officer training program that will be conducted at the Tamil Nadu Agriculture University funded by Mohamed Umar Manik Foundation. pic.twitter.com/fKzUWszGKy
— Min. of Fisheries, Marine Resources & Agriculture (@FishAgri) July 25, 2019