ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ޑުބާއީގެ ބުރުޖް ހަލީފާ ދިވެހި ދިދައިން ދިއްލާލައިފިއެވެ.
ދުނިޔޭގެ ގައުމުތަކަށް އަންނަ މުނާސަބު ދުވަސްތަކާ ގުޅިގެން އެ ދުވަހަކާ ގުޅޭ ގޮތަކަށް ބުރުޖް ހަލީފާ ދިއްލާއިރު މިރޭ ބުރުޖް ހަލީފާގެ އެންމެ ތިރިން ފެށިގެން އެންމެ ކޮޅާ ޖެހެންދެން ދިވެހި ގައުމީ ދިދައިން ވަނީ ދިއްލާލާފައެވެ.
މިއަދު ފާހަގަ ކުރަމުން މިދަނީ ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހަހެވެ.
