މިއަދު ހަވީރު ހަތަރަކުން ފެށިގެން މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ!

ކިޔުމަށް ހޭދަވާނީ 41ސ
މިއަދު ހަވީރު ހަތަރަކުން ފެށިގެން މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ!

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، މިއަދު ހަވީރު ކުރިއަށް ގެންދާ ހަރަކާތްތަކަށް ފުރުސަތު ދިނުމަށްޓަކައި މިއަދު ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

 

ޓްރާންސްޕޯޓު އޮތޯރިޓީއިން ވިދާޅުވީ، މިއަދު ހަވީރު 4:00 ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް މާލޭގައި އެއްވެސް އިންޖީނުލީ އުޅަނދެއް (ކުއްލި ހާލަތެއްގައި މެނުވީ) ދުއްވުން މަނާ ކަމަށެވެ.

 

އެގަޑިތަކުގައި ހަމައެކަނި ދުއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަދީފައިވާ އިންޖީނުލީ އުޅަނދުތަކަށެވެ.

 

ޓްރާންސްޕޯޓުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

 

މިއަދު ހަވީރު މާލެ މަގުތަކުގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޭޑެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން