މިނިވަން ދުވަހުގެ ޚާއްސަ ޕެރޭޑް މިއަދު ހަވީރު އޮންނާނެ

ކިޔުމަށް ހޭދަވާނީ 1މ 5ސ
މިނިވަން ދުވަހުގެ ޚާއްސަ ޕެރޭޑް މިއަދު ހަވީރު އޮންނާނެ

މިނިވަންދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ ޕެރޭޑު މިއަދު ހަވީރު އޮންނާނެއެވެ.

 

މިޕެރޭޑުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަރާތުން ކުރިއަށް ގެންދާ ޕެރޭޑަކާއި ކެޑޭޓް ކުދިންގެ ޚާއްސަ ޕެރޭޑެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

 

ސިފައިންގެ ޕެރޭޑު ބަންޑާރަ ކޮށިން ފެށުމަށް ހަމަޖެހިފައިވާއިރު، މި ޕެރޭޑް މަޖީދީ މަގުން ކުރިއަށްގެންގޮސް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާ ކޮށްޓަށެވެ.

 

ކެޑޭޓް ކުދިންގެ ޕެރޭޑު އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލުން ފެށުމަށް ހަމަޖެހިފައިވާއިރު، މި ޕެރޭޑުގައި މާލޭގެ ގިނަ ސްކޫލްތަކަކުން ބައިވެރިވާނެއެވެ. މިޕެރޭޑު ކުރިއަށްދާނީ ސޯސަންމަގާއި އަލިކިލެގެފާނު މަގާއި މާވެޔޮ މަގުގައެވެ.

 

ޕްރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30ގައެވެ.

 

ޕެރޭޑުތައް ކުރިއަށްދާއިރު މާލޭގެ އެކި ސަރަހައްދުތަކަށް ހުއްޓައި ބޭންޑުގެ ޙަރަކާތްތައް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސިފައިންގެ ޕެރޭޑް އެންމެ ފުރަތަމަ ހުއްޓާނީ ރައިސުލްޖުމްހޫރިއްޔާގެ ގެކޮޅު މުލިއާގެ ކުރިމައްޗަށެވެ. އެއަށްފަހު ރައީސްއަށް ކުރުނީހެއް އެރުވުމަށްވެސްވަނީ ހަމަޖެހިފައެވެ.

 

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ޕެރޭޑަކީ ޢާއްމުންނާއި ކުޑަކުދިންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބޭ ޙަރަކާތެކެވެ.

މިއަދު އޮންލައިން