އައިއޯއައިޖީގެ ހާފު މެރަތަންގައި ރާއްޖޭގެ ޝިފާޒު ޤައުމީ ރެކޯޑު އައުކޮށްފި

ކިޔުމަށް ހޭދަވާނީ 58ސ
އައިއޯއައިޖީގެ ހާފު މެރަތަންގައި ރާއްޖޭގެ ޝިފާޒު ޤައުމީ ރެކޯޑު އައުކޮށްފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލެޓިކް އިވެންޓުގެ ހާފް މެރެތަންއިން ރާއްޖޭގެ ޝިފާޒް މުހައްމަދު  ޤައުމީ ރެކޯޑު އައުކޮށްފިއެވެ.

އެ އިވެންޓުގައި ޝިފާޒު ރޭސް ނިންމީ 4 ވަނައިގައެވެ. ނަމަވެސް ރޭހުގެ ވަރަށް ބޮޑު ބައެއްގައި ތިންވަނައިގައި އޭނާ އޮތް އިރު، އޭނާ 4 ވަނައަށް ވެއްޓުނީ ރޭސްނިންމަން ގާތްގަޑަކަށް ހަތަރު ވަރަކަށް ކިލޯމީޓަރުގާ އޮއްވައެވެ.

އެންމެ ފަންސާކަށް މީޓަރުގެ ތަފާތުން ޝިފާޒަށް ލޯ މެޑެލް ގެއްލުނު އިރު، އޭނާ ރޭސް ނިންމީ 1 ގަޑި 10:55 މިނެޓުންނެވެ. އޭނާއަށް ވުރެ ކުރިން ނިންމާ ލޯ މެޑަލް ހޯދީ މަޑަގަސްކަރައިގެ ފެންސޯސާ ހަރިވެލޯއެވެ. އޭނާ ދުވެފައިވަނީ 1 ގަޑި 10.44 މިނެޓުންނެވެ.

ޝިފާޒް އިއްޔެ މުގުރާލީ މޮރޮކޯގެ ރަބާތު އިންޓަރނޭޝަނަލް މެރެތަންގައި އޭޕްރިލް މަހު ޝަރަފް 1 ގަޑި 12:52 މިނެޓުން ދުވެގެން ހެދި ރެކޯޑެވެ. ކުރިން އެ ރެކޯޑް ޝިފާޒުގެ އަތުގައި އޮތީ ހަމަ އެ މަހުގެ ކުރީކޮޅު ޕްރާގް މެރެތަންގައި 1 ގަޑި 13:04 މިނެޓުން ދުވެގެންނެވެ.

މި ރޭހުގައި ރާއްޖެއިން ދެން ވާދަކުރީ މުޙައްމަދު ޝަރަފެވެ. ނަމަވެސް އަކުނިވަޔަށް ދަމައިގެން އޭނާއަށް ރޭސް ފުރިހަމަކުރެވޭ ގޮތެއް ނުވިއެވެ.

 

މިއަދު އޮންލައިން